ދިވެހިރާއްޖެ
c
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާSECRETARIAT OF THE KOLHUFUSHI COUNCIL
ކޮޅުފުށި MULAK ATOLL ދިވެހިރާއްޖެ Rep Of Maldives
އިޢުލާން
ތާރީޚް: 20 ޖެނުއަރީ 2020 |
ނަމްބަރ : (IUL)367-prs/367/2020/12 |
މ.ކޮޅުފުށިން އައިސްޕުލާންޓްބިން ދޫކުރުން |
މ.ކޮޅުފުށީ ބަނދަރުމަތިން އައިސް ޕުލާންޓްބެހެއްޓުމަށް ބިން ދޫކުރުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކަށް މި އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކައުންސިލްގެ ޖަލްސާކުރާ މާލަމް |
23 ޖަނަވަރީ 2020 |
ބުރާސްފަތި |
14:00 |
ބިޑް ހުށަހެޅުން |
ކައުންސިލްގެ ޖަލްސާކުރާ މާލަމް |
28 ޖަނަވަރީ 2020 |
އަންގާރަ |
13:00 |
ކޮންމެ ފަރާތަކަށްވެސް މައުލޫމާތު ސާފުކޮށް އަދި ބިޑުހުށަހެޅޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ ކުންފުނި ތަމްޞީލް ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިއެއް ނުވެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.