ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2020/8
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 03 ފެބުރުވަރީ 2020 14:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގައި ހައުސިން ޔުނިޓް އެޅުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން، މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ 94 ހައުސިން ޔުނިޓް އަޅާނެ ގޮތެއް ކަނޑައެޅުމުގެ ގޮތުން އަމިއްލަ ފަރާތްތަކުގެ ގޯތިތަކުގައި ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް  10 ދުވަހުގެ މުއްދަތަށް މައުލޫމާތު ދީ ނަންނޯޓްކުރުމަށް ފުރުޞަތު ހުޅުވާލުމަށް މިކައުންސިލަގެ 2020 ވަނަ އަހަރުގެ 1 ވަނަ އާނމުބައްދަލުވުމުންވަނީ ނިންމަވާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން، މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ 94 ހައުސިން ޔުނިޓް އަމިއްލަ ފަރާތްތަކުގެ ގޯތިތަކުގައި އެޅުމަށް ބޭނުންވާ ފަރާތްތަކުން 3 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އިދާރާއިން މައުލޫމާތު ސާފު ކުރެއްވުމަށްފަހު ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ.

ކައުންސިލްގެ އިދާރާ ރަސްމީކޮށް ހުޅުވިފައި ހުންނަ ވަގުތުތަކު މިކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުމުން އަދި މިކައުންސިލްގެ އިދާރާގެ ނަންބަރު 6680539 ފޯނަށް ގުޅުއްވުމުން މައުލޫމާތުދީ ނަން ނޯޓްކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

20 ޖަނަވަރީ 2020