ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2020/002
އިއުލާން
މި އެސޯސިއޭޝަންއިން ރާވައިގެން ހިންގަމުންގެންދާ އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތް މި އަހަރުވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހިންގަމުންގެންދާ ސްކޫލް، މަދަރުސާ އަދި ކޮލެޖް ފެންވަރުގެ ތަންތަނަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި ދެންނެވިފައިވާ އުމުރު ފުރާތަކަށެވެ.
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2020 ފިރިހެން އުމުރުފުރާ:
1. ތޭރަ އަހަރުންދަށް ( U-13) (ހަމައެކަނި 2007 އަދި 2008 ގައި އުފަންވެފައިވާ ކުދިންނަށް)
2. ފަނަރަ އަހަރުންދަށް(U-15) (ހަމައެކަނި 2005 އަދި 2006 ގައި އުފަންވެފައިވާ ކުދިންނަށް)
3. ސަތާރަ އަހަރުންދަށް (U-17) (ހަމައެކަނި 2003 އަދި 2004 ގައި އުފަންވެފައިވާ ކުދިންނަށް)
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2020 ފިރިހެން އުމުރުފުރާތަކުގެ މުބާރާތް ފަށާ ތާރީޚްތައް:
1. ތޭރަ އަހަރުން ދަށް (U-13) 20 ފެބްރުއަރީ 2020
2. ފަނަރަ އަހަރުން ދަށް (U-15) 10 މާރޗް 2020
3. ސަތާރަ އަހަރުން ދަށް (U-17) 20 މާރޗް 2020
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2020 ފިރިހެން ކުދިންގެ ޓީމް ލިސްޓް ހުށަހަޅަންޖެހޭ ތާރީޚް:
1. ތޭރަ އަހަރުން ދަށް (U-13) 6 ފެބްރުއަރީ 2020
2. ފަނަރަ އަހަރުން ދަށް (U-15) 20 ފެބްރުއަރީ 2020
3. ސަތާރަ އަހަރުން ދަށް(U-17) 5 މާރޗް 2020
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2020 އަންހެން އުމުރުފުރާ:
1. ތޭރަ އަހަރުންދަށް ( U-13) (ހަމައެކަނި 2007 އަދި 2008 ގައި އުފަންވެފައިވާ ކުދިންނަށް)
2. ފަނަރަ އަހަރުންދަށް (U-15) (ހަމައެކަނި 2005 އަދި 2006 ގައި އުފަންވެފައިވާ ކުދިންނަށް)
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2020 އަންހެން އުމުރުފުރާތަކުގެ މުބާރާތް ފަށާ ތާރީޙްތައް:
1. ތޭރަ އަހަރުން ދަށް (U-13) 1 ޖުލައި 2020
2. ފަނަރަ އަހަރުން ދަށް (U-15) 15 ޖުލައި 2020
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2020 އަންހެން ކުދިންގެ ޓީމް ލިސްޓް ހުށައަޅަންޖެހޭ ތާރީޙްތައް:
1. ތޭރަ އަހަރުން ދަށް (U-13) 17 ޖޫން 2020
2. ފަނަރަ އަހަރުން ދަށް (U-15) 1 ޖުލައި 2020
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އެކި އެކި ސްކޫލް، މަދަރުސާ އަދި ކޮލެޖް ފެންވަރުގެ ތަންތަނުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 14:30 ގެ ކުރިން މި އެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
އަދި އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2020 ގައި ބައިވެރިވުމަށް އެދޭ ފޯމް 19 ޖެނުއަރީ 2020 އާދިއްތަ އިން ފެށިގެން މިއެސޯސިއޭޝަންގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.
19 ޖެނުއަރީ 2020