| 
 G1C-A/2020/1 
 | 
 ވަޒީފާގެ ފުރުޞަތު 
 | 
| 
 19 ޖެނުއަރީ 2020 
 | 
| 
 ރޭންކް: ޖީ.އެސް 3 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)(06 މަސްދުވަސް)  
 | 
 މަޤާމް 
 | 
| 
 ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 
 | 
 1 (އެކެއް) 
 | 
 ބޭނުންވާ އަދަދު 
 | 
| 
 ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް / ޅ.ހިންނަވަރު 
 | 
 ވަޒީފާ އަދާކުރަންޖެހޭ ތަން 
 | 
| 
 -/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) 
 | 
 މުސާރަ 
 | 
| 
 -/1500ރ (ފަނަރަސަތޭކަ ރުފިޔާ) 
 | 
 ސަރވިސް އެލަވަންސް 
 | 
| 
 -/2550 ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) 
 | 
 ލިވިންގ އެލަވަންސް 
 | 
| 
 އަސާސީ މުސާރައިގެ %25 
 | 
 ޖުޑީޝަލް އެލަވަންސް 
 | 
| 
 އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.   
 | 
 އިތުރުގަޑީގެ ފައިސާ 
 | 
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
 
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
 
  | 
 އަސާސީ ޝަރުތު 
 | 
- މުވައްޒަފުންގެ މަހު މުސާރަ އާއި ގުޅޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
 
- ކޯޓުގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.
 
- ކޯޓުން އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ 'މާލިއްޔަތާބެހޭ ޤަވައިދު' ގައިވާ ގޮތުގެ މަތިން ޙަވާލުކުރުން.
 
- ފައިސާއާއި ބެހޭ ފޮތްތަކާއި، ޚަރަދާއި ދަރަނީގެ ރެކޯޑާގުޅޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށް، ފައިސާގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުން.
 
- ކޯޓަށް ބަލައިގަންނަން ޖެހޭ ހުރިހާ ފައިސާއެއް ބަލައިގަތުން.
 
- ފައިސާއާ ގުޅޭގޮތުން ކޯޓަށް އަންނަ އެންމެހާ މެސެޖްތަކަށް ޖަވާބު ދިނުން.
 
- ކޯޓުގެ ސްޓޮކް ބެލެހެއްޓުން.
 
- ކޯޓަށް ބޭނުންވާ ތަކެތި ގަތުމަށް އަގުބެލުމާއި ހުއްދަ ހޯދުމާއި ތަކެތި ގަތުން
 
- މީގެ އިތުރުންވެސް ޤާނޫނާ ޤަވާޢިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.
 
  | 
 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު 
 | 
- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
 
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
 
- ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ސެޓްފިކެޓާއެކު ލިބިފައިވާ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
 
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
 
 
  
 | 
 ހުށަހަޅަންޖެހޭ ތަކެތި 
 | 
| 
 29 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:30 ގެ ކުރިން ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓްކޯޓަށް ވަޒީފާއަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ. 
 | 
 ސުންގަޑި 
 | 
- ވަޒީފާއަށް ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލްވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދެވޭނެއެވެ.
 
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
 
- އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
 
 
- ލިބިފައިވާ ތައުލީމް: (30 މާކްސް)
 
- މަސައްކަތުގެ ތަޖްރިބާ:(10 މާކްސް)
 
- މަސައްކަތަށް ބޭނުންވާ ހުނަރު:(10 މާކްސް)
 
- އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް): (50 މާކްސް)
 
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެވާހަކަ ދެންނެވީމެވެ. އިންޓަވިއު އޮންނާނީ ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގައެވެ. 
 
 
 | 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް 
 | 
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ 'ވަޒީފާއަށް އެދޭ ފޯމް' ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ރަސްމީދުވަސްތަކުގައި ހެނދުނު 08:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  
 
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6620014 (ރަސްމީ ގަޑީގައި)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ
 
- މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
 
  | 
 އިތުރު މަޢުލޫމާތު 
 | 
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
 
- ޤާނޫނާ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން
 
- ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރު ކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން
 
- އިނގިރޭސިބަހާ ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގޭ ފަރާތެއްކަމުގައިވުން
 
- ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލްކަން ހުރުން
 
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އިނގޭ ފަރާތެއްކަމުގައި ވުން.
 
- ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
 
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
 
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
 
  | 
 މަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް 
 |