ޢާންމު މަޢުލޫމާތު
ނަންބަރު: GS115/2020/06
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 28 ޖަނަވަރީ 2020 12:00
މާފަރު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

މާފަރު ސްކޫލް                                                                                                                                                          

ނ.މާފަރު

ދިވެހިރާއްޖެ

ފޯން ނަންބަރ:   6560574                                                              

އީ މެއިލް:    [email protected]                                                           

                                                                                                                           

 

 

އިއުލާން ނަންބަރ: GS115/2020/06

 

ވަޒީފާގެ ފުރުސަތު

މަޤާމު:        ރިލީފް ޓީޗަރ ( ޕްރީ ސްކޫލް )

އަދަދު:         1

ވަޒީފާގެ މުއްދަތު:     3 މަސްދުވަސް

އޮފީސް:         މާފަރު ސްކޫލް

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

*  ސިލަބަހާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުންނަށް ކިޔަވައިދިނުން

*  ސްކޫލުގެ ވަސީލަތްތައް ފައިދާހުރި ގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރުން

*  ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން

*  ފެންވަރާއި ހުނަރުގެ ގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން

*  ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން

*  މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން

މަޤާމުގެ މަސްއޫލިއްޔަތު:

*  ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، ''ސްކީމް އޮފް ވާރކް'' ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން

*  ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން

*  ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން

*  ކިޔަވައިދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން

*  ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން

*  ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން

 ޝަރުޠާއި މުސާރަ ހަމަޖެހިފައިވާގޮތް:

ޝަރުޠު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/4500 ރުފިޔާ

-/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/5500 ރުފިޔާ

-/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/6090 ރުފިޔާ

-/2500 ރުފިޔާ

   

 މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު

ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތި:

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

 

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

           ވީމާ ރިލީފް ޓީޗަރުކަމަށް ކުރިމަތިލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ސްކޫލް އޮފީހަށް ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް މިސުކޫލުން ލިބެން ހުންނާނެއެވެ. އަދި www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކާއި އިންޓަރވިއުކުރުން އޮންނާނީ 28 ޖެނުއަރީ 2020 އާއި  04 ފެބުރުއަރީ 2020 އާއި ދެމެދު މާފަރު ސްކޫލްގައެވެ.

      މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6560574 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

19 ޖަނަވަރީ 2020