ކުއްޔަށް ދިނުން
ނަންބަރު: FAM/IUL/2014/006
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 13:49
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓެރަސް ކުއްޔަށް ދިނުމަށް
30 މާރިޗު 2014 އިން ފެށިގެން، މިއެސޯސިއޭޝަންގެ ޓެރަސް، އަމިއްލަ ފަރާތްތަކުން ބާއްވާ ޙަފްލާ، ޕާރޓީ، އިވެންޓް، އަދި މިނޫންވެސް އެފަދަ ޚަރަކާތްތައް ބޭއްވުމަށް ކުއްޔަށް ދޫކުރާ ގޮތަށް ހަމަޖައްސައިފީމެވެ. އެގޮތުން، ޓެރަސް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.
8 ގަޑިއިރަށް ކުއްޔަށް ހިފާނަމަ - -/1000ރ (އެއްހާސް ރުފިޔާ)
12 ގަޑިއިރަށް ކުއްޔަށް ހިފާނަމަ - -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ)
1 ދުވަހަށް ކުއްޔަށް ހިފާނަމަ - -/2000ރ (ދެހާސް ރުފިޔާ)
ވީމާ، މިއެސޯސިއޭޝަންގެ ޓެރަސް ކުއްޔަށް ހިފަން ބޭނުންފުޅުވާ ފަރާތްތަކުން މިއެސޯސިއޭޝަންގައި އެދިވަޑައިގަތުމުން ކުއްޔަށް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ވާހަކަ ދަންނަވަމެވެ.
30 މާރިޗު 2014