ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުލް އިޚްލާސްގެ ގޯތިތެރޭގައި ވަގުތީގޮތުން އަޅާފައިވާ ކަރަންޓް ކޭބަލް ވަޅުލުމާބެހޭ
މިރަށު މަސްޖިދުލް އިޚްލާސްގެ ގޯތިތެރޭގައި ވަގުތީގޮތުން އަޅާފައިވާ ކަރަންޓް ކޭބަލްނަގައި މިއިދާރާއިންދޭ މައުލޫމާތާއެއްގޮތަށް އެކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު (IUL)387/387/2020/2 (13 ޖެނުއަރީ 2020)ގެ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 22 ޖެނުއަރީ 2020 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖެނުއަރީ 2020 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
24 ޖުމާދަލްއޫލާ 1441
19 ޖެނުއަރީ 2020