ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FDC-HR/1/2020/2
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 26 ޖަނަވަރީ 2020 14:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: އަރކިޓެކްޓް

މި ކޯޕަރޭޝަނުން އަރކިޓެކްޓްގެ މަޤާމަށް ކުރި ނަންބަރު FDC-IUL/2019/42 (23 ޑިސެމްބަރު 2019) އިއުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި މަޤާމަށް އަލުން އިއުލާންކުރަމެވެ.

ވީމާ ތިރީގައި މިދަންނަވާ މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްޟީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު:  އަރކިޓެކްޓް

ބޭނުންވާ އަދަދު: 02

ކުރިމަތިލުމުގެ ސުންގަޑި: 2020 ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުގެ 14:00

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ތަކެތި: މި ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް މި ކޯޕަރޭޝަންގެ މައި އޮފީސް (ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ. އޯކިޑް8B  އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް ނުވަތަ އީމެއިލް ([email protected]) އަށް ހުށަހެޅުއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު 3313244 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

16 ޖަނަވަރީ 2020