ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)391-EM/391/2020/1
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 05 ފެބުރުވަރީ 2020 02:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ތިމަރަފުށީގައި ގެސްޓް ހައުސް އަށް ބިން ދޫކުރުން

                                                               ނަންބަރ: (IUL)391-EM/391/2020/1

އިޢުލާން

 

ތ.ތިމަރަފުށީގައި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބިން ދޫކުރުމަށްޓަކައި ބިޑް ހުށަހެޅުމަށް

ފުރުޞަތު ހުޅުވާލުން

 

ތިމަރަފުށީގައި ގެސްޓްހައުސް  ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި ކަމަށް ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށެވެ. އިތުރު މަޢުލޫމާތު ބިޑިންގ ޑޮކިއުމަންޓުން ލިބޭނެއެވެ.

މި ބިންތަކުގައި ގެސްޓުހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ވިއްކާނީ  02  ފެބްރުއަރީ 2020 އިން ފެށިގެން 13 ފެބަރުއަރީ 2020 ވަނަ ދުވަހާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް ތިމަރަފުށީ ކައުންސިލް އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހިރާއްޖޭގެ ފަރާތެއްނަމަ 1,000.00ރ (އެއްހާސް ރުފިޔާ) އަދި ބޭރުގެ ފަރާތެއްނަމަ 100.00$ (އެއްސަތޭކަ ޔޫއެސް ޑޮލަރު) އަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ 27 ފެބްރުއަރީ 2020 ވާ ބްރާސްފަތި ދުވަހުގެ 11:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގައެވެ.

20 ޖުމާދަލްއައްވަލް 1441

                    16 ޖެނުއަރީ 2020                        

                   

 

                                                           

                                                        

  އިސްމާއިލް އިބްރާހީމް

  ކައުންސިލްގެ ރައީސް

16 ޖަނަވަރީ 2020