ދިވެހިރާއްޖެ
c
`
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ރ. ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2020/12
އިޢުލާން
ރ. ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ. ދުވާފަރު 41.04 ނަމްބަރުގޭ ރ. ކަނދޮޅުދޫ ހުޅަނގުގެ އަލްފާޟިލް މުޙައްމަދު އަޙްމަދު އާއި ރ. ކަނދޮޅުދޫ ހިރުނދުއައްސޭރި އަލްފާޟިލާ މަރްޔަމް ޙަސަން ގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމަށް އެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެދެމީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވުން އެދެމެވެ.
މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައި ނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށްބަލައި، ރ. ދުވާފަރު 41.04 ނަމްބަރުގޭ ރ. ކަނދޮޅުދޫ ހުޅަނގުގެ އަލްފާޟިލް މުޙައްމަދު އަޙްމަދު އާއި ރ. ކަނދޮޅުދޫ ހިރުނދުއައްސޭރި އަލްފާޟިލާ މަރްޔަމް ޙަސަން ގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
20 ޖުމާދަލްއޫލާ 1441
15 ޖެނުއަރީ 2020
އިބްރާހީމް ނަޞީރު
ރ. ދުވާފަރު ކައުންސިލްގެ ރައީސް