މަސައްކަތް
ނަންބަރު: IAS/MIS/2020-091
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 21 ޖަނަވަރީ 2020 14:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ އޮފީސްތަކުގެ އޭސީތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އޮފީސްތަކުގެ ތެރެއިން މާލެ އާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި އޮފީސްތަކުގެ އޭސީތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 21 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 02:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި ޢިއުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 28 ޖަނަވަރީ 2020  ވާ އަންގާރަ ދުވަހުގެ މެންދުރު 02:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

15 ޖަނަވަރީ 2020