ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHR-MPL/2020/04
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 21 ޖަނަވަރީ 2020 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެއިލް ކްލިއަރެންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް :

މެއިލް ކްލިއަރެންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4412 ރުފިޔާ ( ހަތަރުހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2941 ރުފިޔާ ( ދެހާސް ނުވަސަތޭކަ ސާޅީސް އެއް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: މަސައްކަތަށް ހާޟިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.
  4. ފުޑް އެލަވަންސް: އެއަރޕޯޓުގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން ކޮއްތު ފައިސާ ލިބޭނެއެވެ.
  5. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މޭލް އޮޕަރޭޝަންސް ޑިވިޜަން

މަޤާމްގެ މަސްޢޫލިއްޔަތުތައް

  • އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން
  • އެއަރޕޯރޓުން މޭލް ގެނައުމާއި އެއަރޕޯރޓަށް މޭލް ގެންދިއުން
  • ކަނޑުދަތުރުކުރާ އުޅަނދުތަކަށް މޭލް ގެންދިއުން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • އަސާސީ ފެންވަރު ހުރުން ނުވަތަ،
  • ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މަސައްކަތުގެ ދާއިރާއިން  ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • ކުރެވޭ އިންޓަރވިއު އިން ފާސްވުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ އަދި ދަތިކަމެއްނެތި ދަތުރުފަތުރުކޮށް އުޅެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން

ރަސްމީ މަސައްކަތު ގަޑި

  • ޑިއުޓީ އުޞޫލުން 8 ގަޑިއިރު މަސައްކަތް ކުރަންޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2020 ޖަނަވަރީ 21 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://maldivespost.com/media/downloads

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

14 ޖަނަވަރީ 2020