ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)389/389/2020/4
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:14
ސުންގަޑި: 19 ޖަނަވަރީ 2020 14:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މަޤާމް :Masaikathu
ބޭނުންވާ އަދަދު :2

ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލުން ބަލަހައްޓަންޖެހޭ އިޖްތިމާޢީ ބައެއްތަންތަން ސާފްކޮށް ބެލެހެއްޓުމުގެ ގޮތުން އެދުވަހަކު ކައުންސިލުން ހަމަޖައްސާގޮތެއްގެމަތިން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

  • މަސައްކަތު ( ކޮންޓްރެކްޓް )

ބޭނުންވާ ޢަދަދު :

  •  2 ( ދޭއް )

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1-      ޖެޓީމަތީގެ ސާފްތާހިރުކަން ބެލެހެއްޓުން.

2-      ދޯނިފަހަރުން ބާއިލާތަކެތީގެ ވެރިފަރާތްހޯދައި މުއްދަތަށް ނަގަން އެންގުން.

3-      ބަނދަރުމަތީގައި ހުންނަ ވެރިފަރާތް ނޭނގޭ ތަކެތި ކައުންސިލުން އަންގާ ގޮތެއްގެމަތިން ނަގައި ސާފްކުރުން

4-      މަގުމަތީ ހިނގާމީހުންނާއި ދުއްވާއެއްޗިއްސައް އުދަގޫވާ ގޮތަށްހުންނަ ރުއްގަސް ކޮށުން

5-      ކައުންސިލުން ކަނޑައަޅާ ބީޗް ސަރަޙައްދުތައް ސާފްކޮށް ބެލެހެއްޓުން

6-      ބަނދަރު ފެނުގެ ނިޒާމް މަރާމާތުކުރުމާއި، ބެލެހެއްޓުން

7-      ބަނދަރު ކަރަންޓް ބޯޑް ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ބެލެހެއްޓުން

8-      އިޖްތިމާޢީ ފެންތާނގިތައް ސާފްކުރުމާއި ފެންނަގައި ބެލެހެއްޓުން

9-      ކައުންސިލުން ފާހަގަކުރާ ޚާއްޞަ ދުވަސްތަކާއި، އިވެންޓްތަކަށް އެހީތެރިވުން

10-  ރަށުގެ ސަރަޙައްދުތަކުގެ ތެރެއިން ކުއްލިގޮތަކަށް ސާފްކުރަންޖެހޭ ތަންތަން ކައުންސިލުން އަންގާ ގޮތެއްގެމަތިން ސާފްކުރުން

11-  ޤަބުރުސްތާނު ސާފްކޮށް ބެލެހެއްޓުން

12-  ކުޅިވަރުކުޅޭ ދަނޑުތަކާއި،ބިންތައް ކައުންސިލުން އަނގްގާގޮތެއްގެމަތިން ސާފްކޮށް ބެލެހެއްޓުން

13-  މަދިރިއާއި މެއްސައް ބޭސްޖެހުން

14-  ފެންބޮޑުވެއްޖެނަމަ، ކައުންސިލުން އަންގާގޮތެއްގެމަތިން ކޯރުކޮނުން

ފެންވަރު ނުވަތަ ޝަރުތު: 

  • އަސާސީ ތަޢުލީމްގެ ފެންވަރަށް ލިޔަންކިޔަން އެގުން.

މަސައްކަތަށް ދެވޭނެ އެންމެ މަތީ އުޖޫރަ:  

  • ޝަރުތު ހަމަވާނަމަ: މަހަކު 8000.00 ރ ( އަށްހާސްރުފިޔާ ) މީގެ އިތުރުން ރަމަޟާންމަހުގައި އިނާޔަތުފައިސާގެ ގޮތުގައި  3000.00 ރ ( ތިންހާސްރުފިޔާ ) ދެވޭނެއެވެ.
  • ޝަރުތު ހަނުވާފަރާތްތައް މި ވަޒީފާއަށް ނުހޮވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ތަޢުލީމްގެ ފެންވަރު ހުރުން.
  • މީގެ އިތުރުން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުވައި ބޭއްވޭ އިންޓަވިއު. (އިންޓަވިއު އޮންނާނީ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު އޮންނަގަޑިއާއި ތާރީޚް އިންޓަވިއު ބާއްވާ ގަޑީގެ24 ގަޑިއިރު ކުރިން އެންގޭނެއެވެ. )

ވަޒީފާގެ މުއްދަތު:

  • 1 އަހަރު

މަސައްކަތްކުރަންޖެހޭ ވަގުތު:

  • ހަފްތާއަކު 6 ދުވަހު. ދުވާލަކު 6 ގަޑިއިރު ( ޢާންމުކޮށް މަސައްކަތް އޮންނާނީ ހެދުނު 9.00 ން މެންދުރުފަހު 3.00 ށް )
  • ރަމަޟާންމަހުގައި ހެދުނު 10.00 ން މެންދުރުފަހު 2.00 ށް
  • ޢާންމުކޮށް މިގަޑިތަކަކީ މަސައްކަތު ގަޑިކަމުގައި އޮތްނަމަވެސް ބައެއް ޚާއްޞަ ޙާލަތްތަކާއި ކުރަންޖެހޭ މަސައްކަތުގެ ބާވަތުން  ދުވާލަކު 6 ގަޑިއަށްވުރެން އިތުރު ނުވާގޮތަށް މަސައްކަތު ނުކުންނަންޖެހޭ ގަޑިއަށް ބަދަލު ގެންނަން ޖެހިއްޖެނަމަ،އެ ބަދަލެއް ގެނެވޭނެއެވެ.  

ވީމާ، މިމަސައްކަތް ކޮއްދެއްވަން އެދިލައްވާ ފަރާތްތަކުން 19 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 2.00 ގެކުރިން ހިރިލަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.

 

ސިޓީއާއިއެކު ހުށަހަޅަންޖެހޭތަކެތި:

1-      ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

2-      މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.

3-      އަސާސީތަޢުލީމުގެ ފެންވަރަށް ތަކެތި ދަންނަކަން ސާބިތުކުރުމަށް ހުށަހަޅާ ލިއުން.( ލިއުމެއް އޮތްނަމަ ) ލިއުމެއް ހުށަނާޅާފަރާތްތަކުގެ ފެންވަރު ބެލުމަށް ޓެސްޓެއް ދެވޭނެއެވެ.

13 ޖަނަވަރީ 2020