މަސައްކަތް
ނަންބަރު: 216-MPAO-CA/IUL/2020/1
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 22 ޖަނަވަރީ 2020 12:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އޮފީސް ފޮޅާސާފުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

ޕެންޝަން އޮފީހުގެ އޮފީސްޖާގަ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 22 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 12:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

13 ޖަނަވަރީ 2020