ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2020/3
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:19
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ނެޝަނަލް އާޓް ގެލެރީ އަދި އޮލިމްޕަހުގައި ހަރަކާތްތައް ހިންގުމަށް ހުޅުވާލުން

ނެޝަނަލް އާޓް ގެލެރީ އަދި އޮލިމްޕަހުގައި ހަރަކާތްތައް ހިންގުމާއިގުޅޭ އުޞޫލަށް އިސްލާހުގެނެސް 12 ޖެނުއަރީ 2020 ވަނަ ދުވަހު ވަނީ އާއްމުކޮށް ގެޒެޓްގައި ޝާއިއުކުރެވިފައެވެ.

ވީމާ، މިއުޞޫލްތަކާއި އެއްގޮތަށް 2020 ވަނަ އަހަރު ނެޝަނަލް އާޓް ގެލެރީ އަދި އޮލިމްޕަހުގައި ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވާލެވިފައެވެ. މިއުސޫލްތަކާއި އަދި އެޕްލިކޭޝަން ފޯމް އެން.ސީ.އޭ ގެ ރިސެޕްޝަނުން އަދި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

13 ޖަނަވަރީ 2020