ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ހަދާފައިވާ ގެސްޓްހައުސް ކުއްޔަށް ދިނުމާއި ބެހޭ.
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ހަދާފައިވާ ގެސްޓްހައުސް ކުއްޔަށް ދިނުމަށް ނިންމާފައިވާތީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސާފުކުރުން އޮންނާނީ 20 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހު 13:30 ގައެވެ. އަދި ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- އަންދާސީ ހިސާބު ހުށައަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށައަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ހަދާފައިވާ ގެސްޓްހައުސް ކުއްޔަށް ހިފުމަށް އެދި
- އިޢުލާން ނަންބަރ : IL-KPL/2020/002
- ބިޑް ހުޅުވުން
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ލިބިގެން ވެއެވެ.
13 ޖަނަވަރީ 2020