ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2020/04
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 21 ޖަނަވަރީ 2020 15:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފައިނޭންސް އެގްޒެކެޓިވް

ވަޒީފާގެ ފުރުސަތު

 

މިކުންފުނީގެ  ފަރާތުން 24 ޑިސެމްބަރ 2019 ގައި ކޮށްފައިވާ ނަންބަރުIUMH-AD/I/2019/22   އިޢުލާން ބާޠިލްކޮށް އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. 

                   ނަންބަރު:IUMH-AD/I/2020/04

 މަޤާމު:

ފައިނޭންސް އެގްޒެކެޓިވް

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

މަހަކު 10،000.00 ރުފިޔާ

އެލަވަންސް:

  1. ސާރވިސް އެލަވަންސް: މަހަކު 3,480.00 ރުފިޔާ
  2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 135.00 ރުފިޔާ
  3. ޕްރޮފެޝަނަލް އެލަވަންސް: މަހަކު 4,000.00 ރުފިޔާ
  4. ފޯން އެލަވަންސް: މަހަކު 300.00 ރުފިޔާ
  5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

ރޭންކް

SM

މަޤާމުގެ ޝަރްޠުތައް:

  • އެކައުންޓިންގ / ފައިނޭންސް ދާއިރާއިން ލެވެލް 8/7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވުން.

ނުވަތަ

  • އެކައުންޓިންގ / ފައިނޭންސް ދާއިރާއިން ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލްކުރުމަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އައިޔޫއެމް ހޯލްޑިންގްސް ކުންފުނީގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުން.
  • ކުންފުނީގެ ފައިސާގެ މުއާމަލާތުތައް ހިނގާނުހިނގާގޮތް ބަލައި، އެންމެހާ މުޢާސަލާތްތައް ހިނގަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކުގެ ތެރެއިންކަން ޔަގީންކުރުން.
  • ކުންފުނިން އަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްތަކަކީ ފައިސާގެ މުއާމަލާތުތަކަށް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކާއި އެއްގޮތަށް ކުރިއަށްދިއުމަށް ބާރުއަޅާ ކޮންޓްރޯލްތަކެއްކަން ޔަގީންކުރުން.
  • ކުންފުނީގެ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައްޔާރުކުރުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނެ ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުން.
  • ކުންފުނިން އޮޑިޓަރުންނަށް ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ފޯރުކޮށްދިނުމާއެކު، ކުންފުނިން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު ކުންފުނި ހިންގާފައިވާ ގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.
  • ކުންފުނީގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ބޯޑަށް  ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން.
  • ކުންފުނީގެ ފައިސާގެ މުއާމަލާތުތައް ކުންފުންޏަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ، މެނޭޖްމަންޓަށް ދިނުން.
  • ކުންފުނިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުން.
  • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުންފުނީގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުން.
  • މެނޭޖްމަންޓް ޑިސިޝަންތައް ނެގުމަށް ބޭނުންވާ ފައިނޭންޝަލް ފޯކާސްޓްތައް ތައްޔާރުކުރުމާއި، އެނަލެޓިކަލް ރިޕޯރޓްތައް ތައްޔާރުކުރުމާއި، އިންވެސްޓްމަންޓް އެޕްރެއިސަލްތައް ތައްޔާރުކުރުމާއި އަދި އިންވެސްޓްމަން ރިކޮމެންޑޭޝަންތައް އެކުލަވާލުން.
  • ކުންފުނީގެ ފައިނޭންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.
  • މަގާމާއި ގުޅިގެން ފައިނޭންސް ޑިޕާރޓްމަންޓްގެ މަސައްކަތްތަކުގެ ތެރެއިން މެނޭޖިންގ ޑިރެކްޓަރ ޙަވާލުކުރާ މަސައްކަތްތައް ކުރުން
  • ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

އީމެއިލް މެދުވެރިކޮށް [email protected] އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންނާއި، ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން 21 ޖެނުއަރީ 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި އައިޔޫއެމް ހޯލްޑިންގސް ޕވޓ. ލޓޑ އަށް ދުރުވެ އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 15:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

13 ޖެނުއަރީ 2020

 

13 ޖަނަވަރީ 2020