އިޢުލާނު
|
މަޤާމް:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-271282
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ
|
މުސާރަ:
|
7,035.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
2,000.00 ރުފިޔާ
|
ސަރޕޯޓިންގް ކޯ އެލަވަންސް:
|
900.00 ރުފިޔާ
|
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އަލަވަންސް:
|
އަސާސީ މުސާރައިގެ %35
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތަކަށް، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް އަމަލުކުރަމުންދޭތޯ ބަލައި ޗެކްކުރުމަށް މާލެ އާއި ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރުތައް ރާވާ ހިންގުން.
- އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންތައް ރާވާ ހިންގުމާއި، ވަޒީފާ އަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ޙައްލުކޮށްދިނުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.
- ވަޒީފާއަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާއި ހަޅުތާލު ކުރުމުގެ މައްސަލަތަކުގައި މީޑިއޭޓް ކުރުމަށް އިދާރީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންސްޕެކްޝަންތަކުގެ ރިކޯޑް ބަލަހައްޓާ މޮނީޓަރ ކުރުމާއި، އިންސްޕެކްޝަންތަކުގެ ސްޓެޓިސްޓިކް ޑޭޓާ ބޭސް ބެލެހެއްޓޭނެ ނިޒާމު ތަރައްޤީކޮށް، ދުވަހުން ދުވަހަށް ޑޭޓާބޭސް އަޕްޑޭޓް ކުރަމުންދޭތޯ ބެލުން.
- ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް އޮތޯރިޓީގެ ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން މުވައްޒަފުން ލައްވާ ކުރުވާ އެމަސައްކަތް ސުޕަވައިޒްކުރުން.
- ސެކްޝަންގެ އިދާރީ މަސައްކަތްތަކުގައި މުވައްޒަފުންނަށް ބޭނުންވާނެ އިރުޝާދާއި ލަފާދީ އަދި މަސައްކަތްތައް މޮނީޓަރކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ލޯ/ ޝަރީޢާ އެންޑް ލޯ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ލޯ/ ހިއުމަން ރިސޯސް މެނޭޖްމަންޓް މިއިން ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ލޯ/ ޝަރީޢާ އެންޑް ލޯ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ލޯ/ ހިއުމަން ރިސޯސް މެނޭޖްމަންޓް މިއިން ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ލޯ/ ޝަރީޢާ އެންޑް ލޯ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- ވަޒީފާއާގުޅޭ ދާއިރާ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ލޯ/ ހިއުމަން ރިސޯސް މެނޭޖްމަންޓް މިދާއިރާތަކުން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
|
މަޤާމް:
|
އެކައުންޓްސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-271244
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ
|
މުސާރަ:
|
6,295.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
2,000.00 ރުފިޔާ
|
ޓެކްނިކަލް ކޯ އެލަވަންސް:
|
އަސާސީ މުސާރައިގެ %28
|
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އަލަވަންސް:
|
އަސާސީ މުސާރައިގެ %35
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އޮތޯރިޓީގެ އަހަރީ ބަޖެޓު ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
- އޮތޯރިޓީގެ މާލީ ރިޕޯޓާއި، ކޭޝްފްލޯ ތައްޔާރުކޮށް ފޮނުވުން.
- ބަޖެޓް ޕްލޭން ތައްޔާރުކޮށް ބެލެހެއްޓުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ބަޖެޓަށް ފައިސާ ހޯދުމަށް ލިޔަންޖެހޭ ލިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އޮތޯރިޓީން ހަދަންޖެހޭ ޕޭމަންޓް ވައުޗަރތައް ހެދުމާއި، އަދި ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
- އޮތޯރިޓީން ކުރާ އިންސްޕެކްޝަން އަދި އެހެނިހެން ރަސްމީ ދަތުރުތަކުގެ ޚަރަދު ބެލެހެއްޓުމަށް ބަޖެޓުން ނިންމަންޖެހޭ ކަންތައްތައް ނިންމުން.
- ފައިސާ ނެގުމާއި، ޖަމާކުރަންޖޭހޭ ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރުމާއި، ފައިސާ ދައްކަންޖެހޭ ބިލްތަކާއި، ނުދެއްކި ހުރި ބިލްތަކުގެ ރަޖިސްޓްރީއެއް ހަދައި އެރަޖިސްޓްރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސެޕް ސިސްޓަމުން ކުރަންޖެހޭ ބަޖެޓާ ގުޅޭ އެންމެހައި މަސައްކަތް ކުރުން.
- މަސައްކަތާކާގުޅޭ އެންމެހައި ލިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
- އެކައުންޓިންގ/ ފައިނޭންސް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- ވަޒީފާއާގުޅޭ ދާއިރާ އެކައުންޓިންގ/ ފައިނޭންސް މިދާއިރާތަކުން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
|
މަޤާމް:
|
ޕްރޮގްރާމް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-271250
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ
|
މުސާރަ:
|
6,295.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
2,000.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިންތައް ކަމުގައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ލޯ ނުވަތަ ޝަރީޢާ އެންޑް ލޯ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
- ސަޕޯޓިންގ ކޯ އެލަވަންސް 2: ޓެކްނިކަލް ކޯ އަށް ޝަރުތު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު 900.00 ރުފިޔާ ހަމަޖެހޭނެއެވެ.
|
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އަލަވަންސް:
|
އަސާސީ މުސާރައިގެ %35
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތަކަށް ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާއި އާންމުން ހޭލުންތެރި ކުރުމަށް ވާރކްޝޮޕް ސެމިނާރ ބޭއްވުން.
- ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުންހެދޭ ޤަވާޢިދުތަކަށް އާންމުން ހޭލުންތެރިކުރުމަށް، ލީފްލެޓް/ޕޯސްޓަރ/ބުކްލެޓް ފަދަ ތަކެތި ތައްޔާރުކުރުން.
- އޮތޯރިޓީގެ ވެބްސައިޓް، ފޭސްބުކް ޕޭޖް، އިންސްޓަގްރާމް އަދި ޓްވިޓަރ އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމް ތަކުގައި ބައިވެރިވުން.
- ވަޒީފާއާބޭހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ކުރާ ސުވާލު ތަކަށް ޖަވާބުދާރީވުމާއި އޭގެ ރެކޯޑް ބެލެހެއްޓުން.
- ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް މާލެ އާއި ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުން.
- މީޑިއޭޓަރުންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމްތައް ހިންގުން.
- ވަޒިފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތައް އެކިބަސްބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް / ލޯ / ޝަރީޢާ އެންޑް ލޯ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- ވަޒީފާއާގުޅޭ ދާއިރާ ލޯ / ހިއުމަން ރިސޯސް މެނޭޖްމަންޓް މިދާއިރާތަކުން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއޮތޯރިޓީގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖަނަވަރީ 2020 ގެ 13:30 ގެ ކުރިން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށެވެ. (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.)
|
ޝޯޓް ލިސްޓްކުރުން:
|
މިމަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މިމަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26،27،28 ޖަނަވަރީ 2020 މި 03 ދުވަހުގެތެރޭ، ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ.
|
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން އޮތޯރިޓީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3328252 / 3328227 އަށެވެ. އީ-މެއިލް ކުރާނީ hr@Lra.gov.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|