ދިވެހިރާއްޖެ
ނަމްބަރު: GS147-C/2020/01
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެ:
2020 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެގެން މި ސްކޫލުން ކޮށްފައިވާ ނަންބަރު GS147-C/2019/36 އިޢުލާންއާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބިޑް ކޮމެޓީއަށް ހުށަހެޅުމުން، ބިޑަށް ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ މި ކަމަށް އެކަށީގެންވާ ވަރަށްވުރެން ބޮޑު އަގުތަކެއްކަމުގައި ނިންމާފައިވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގާފަރު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 |
22 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 |
އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީ ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
18 ޖުމާދިލްއޫލާ 1441