ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2020/3
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 15 ޖަނަވަރީ 2020 00:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށްޓަކައި 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެއްޖެނަމަ 15 ޖެނުއަރީ 2020 ވާ ބުދަދުވަހުގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް ހުށައެޅުއްވުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނަންބަރ (IUL)13-AS/133/2020/2 (08 ޖެނުއަރީ 2020) އިޢުލާނުން އަންގަވާފައިވެއެވެ. އަދި 16 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން މެދުކަޑާލި ވާހަކަވެސް އަންގަވައެވެ.

           މިގޮތަށް ނިންމަންޖެހުނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ކަމުގައިވެސް އަންގަވާފައިވެއެވެ.

 

           ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު ކުރިއެކޭވެސް އެއްފަދައިން 18 އަހަރުން މަތީ ފަރާތްތަކުގެވެސް މަޢުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހަދައިދެމުން ގެންދާނެ ކަމުގައިވެސް އަންގަވައެވެ.

12 ޖަނަވަރީ 2020