މަސައްކަތް
ނަންބަރު: (IUL)438-CCD/438/2020/10
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 28 ޖަނަވަރީ 2020 11:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ޑިވެލޮޕްމަންޓް އޮފް ފައިނޭންޝަލް ޕްރޮގްރާމް ފޮރ އެނަރޖީ އެފިޝެންޓް ބިލްޑިންގްސް އެންޑް އެނަރޖީ އެފިޝެންޓް ރެޓްރޮފިޓްސް" ދެވަނަ އިޢުލާނާއި ގުޅޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ މުއްދަތު އިތުރުކުރުން

"ޑިވެލޮޕްމަންޓް އޮފް ފައިނޭންޝަލް ޕްރޮގްރާމް ފޮރ އެނަރޖީ އެފިޝެންޓް ބިލްޑިންގްސް އެންޑް އެނަރޖީ އެފިޝެންޓް ރެޓްރޮފިޓްސް" އެކުލަވާލުމަށް 26 ޑިސެމްބަރުގައި ކޮށްފައިވާ  ދެވަނަ އިޢުލާން ނަންބަރު (IUL)438-CCD/438/2019/398   އާއި ޙަވާލާދީ ދަންނަވަމެވެ.  

މިމަސައްކަތުގެ ބީލަން ހުށަހެޅުމަށް ކުރިންދެވިފައިވަނީ 21 ޖަނަވަރީ 2020 ވާ އަންގާރަ ވަނަ ދުވަހު 1130 އެވެ. ނަމަވެސް، ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުރުކަމަށް ފާހަގަ ކޮށް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމައް އެދި ގިނަ ފަރާތްތަކަކުން އެދިފައިވާތީ، މިމަސައްކަތުގެ ބީލަން ހުށަހެޅުން 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 1130 އަށް ބަދަލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަދި އިޢުލާން ނަންބަރު IUL)438-CCD/438/2019/398)   ގުޅިގެން ހުށަހަޅާފައިވާ ސުވާލުތަކާއި ޖަވާބު މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

13 ޖަނަވަރީ 2020