ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ މުއްދަތު އިތުރުކުރުން
ހަކަތަ ސަމަކާރަ އާލާތްތަކުގެ ފައިނޭންޝަލް ޕްރޮގްރާމް އެކުލަވާލުމަށް 26 ޑިސެމްބަރު 2019 ގައި ކޮށްފައިވާ ދެވަނަ އިޢުލާން ނަންބަރު IUL)438-CCD/438/2019/397) އާއި ޙަވާލާދީ ދަންނަވަމެވެ.
މިމަސައްކަތުގެ ބީލަން ހުށަހެޅުމަށް ކުރިންދެވިފައިވަނީ 21 ޖަނަވަރީ 2020 ވާ އަންގާރަ ވަނަ ދުވަހު 1100 އެވެ. ނަމަވެސް، ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުރުކަމަށް ފާހަގަކޮށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް އެދި ގިނަ ފަރާތްތަކަކުން އެދިފައިވާތީ، މިމަސައްކަތުގެ ބީލަން ހުށަހެޅުން 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 1100 އަށް ބަދަލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
އަދި އިޢުލާން ނަންބަރު IUL)438-CCD/438/2019/397) ގުޅިގެން ހުށަހަޅާފައިވާ ސުވާލުތަކާއި ޖަވާބު މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.