ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަސްޖިދުލް ނޫރްމިސްކިތައް މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
J-317307 , J-317308 , J-317309 |
ބޭނުންވާ ޢަދަދު |
3 (ތިނެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމު އޮތް އޮފީސް: |
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާ |
ސެކްޝަން: |
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ސެކްޝަން |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މަސްޖިދުލް ނޫރް |
މުސާރަ: |
-/3100 ރ. (ތިންހާސް އެއްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
-/1000 ރ. (އެއްހާސް ރުފިޔާ) |
އެހެނިހެން އެލަވަންސްތައް: |
- ސަޕޯޓިންގ ކޯ އެލަވަންސް -/1200 ރ. (ބަރަސަތޭކަ ރުފިޔާ) - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި ވާޖިބުތައް: |
1. މިސްކިތުގައި ތަށިމުށި ޖަހާފައިވާތަންތަން ދުވާލަކު 2 ފަހަރު ސޮފްޓްނާ އަޅައިގެން މޮޕްލުން އަދި ކޮށްމެ ނަމާދެއްގެ ކުރިންނާ ފަހުން މޮޕްލުން 2. ރޭގަނޑު 9.00 ގެ ފަހުން މިސްކިތަށް ބޭނުންވާވަރަށް ދިއްލުން ބެހެއްޓުމަށް ފަހު މިސްކިތް ބަނދުކުރުން އަދި އިރުއެރުމުން ހުރިހާ ބޮކިތައް ނިވާލުން 3. އިރުއޮއްސުމުގެ 10 މިނިޓްކުރިން ބޮކިތައް ދިއްލުމާއި ޖަމާޢަތު ނަމާދު ނިމުމުން އެވަގުތައް ބޭނުންވާ ވަރަށްވުރެން އިތުރަށް ހުންނަފަންކާތައް ނިވާލުން 4. ދޮރާއި ދޮރުފަތްތައް އަދި ފަރނީޗަރ ތަކާއި އެކު ފޮހެ ސާފުކުރުމާއި ބިއްލޫރި ތައް ވިންޑޯ ކްލީން ލައިގެން ދުވާލަކު މަދުވެގެން 1 ފަހަރު ފޮހެ ސާފުކުރުން 7. މިސްކިތުގައި ބޭނުންކުރެވޭގޮތަށް ހުންނަ ވަޅާއި ވަޅުގެ ތަޅުންގަޑާއި ވަޅުގެ ބޭރު އަދި ތިލަފަތް ގައު ދުވާލަކު 1 ފަހަރު އުގުޅާ ދޮވެ ސާފްކުރުން 8. މިސްކިތު ސަރަޙައްދު އެތެރެ އާއި ބޭރު މަދުވެގެން ދުވާލަކު 1 ފަހަރު ކުނި ކަހާ ސާފްކޮއް ބެލެހެއްޓުން 9. ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓްކުރިން މިސްކިތާއި ފާޚާނާ އަދި ވުޟޫކުރާ ބައި ފޮހެ ސާފުކޮއް ހުރިހާ ދޮރުފަތްތައް ހުޅުވާ ބޭނުންވާ ވަރަށް ފަންކާޖެހުން 11. ކޮންމެ ނަމާދުވަގުތެއްގެ 15މިނިޓް ކުރިންނާއި ފަހުން ފޮޅާ ފޮހެ ސާފްކުރުން 12. ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓްކުރިން ގުޑުނައިޓް 7 ފުޅި ޖެހުން 13. މިސްކިތުގެ އެތެރެ ސީލިންގ އާއި ފާރުތައް އަދި ފަންކާތަކާއި ބޮކިތައް ހަފްތާއަކު 1 ދުވަހު ފޮހެ ސާފްކުރުން (ފޮހެ ސާފުކުރަންވާނީ ހިކިފޮތިން) 15. މިސްކިތާއި މުންނާރުގެ އެސްއެސް ތަކެތި މަހަކު 2 ފަހަރު ޕޮލިސްލައިގެން ސާފުކުރުން . 16. މިސްކިތު ކާޕެޓް ވެކިއުމްކޮއް ސާފްކުރުން (މަހަކު 1 ފަހަރު ފޯމްބޭނުންކޮއްގެން) 17. މިސްކިތު ބޭރު ފާރާއި އަސްކަނި ސީލިންގ އަދި ވަށާފާރު މަހަކު 1 ފަހަރު ސާފުކުރުން (މިއިންތަނެއް 18. ވުޟޫކުރާ ބަޔާއި ފާޚާނާގެ އެތެރެއާއި ބޭރު ފާރުތައް ސީލިން އާއި އެކު މަހަކު 1 ފަހަރު ފޮހެ ސާކުރުން 19. މިސްކިތު ގޯތި ތެރޭގައި ހެއްދޭބާވަތްތަކުގެ ގަސް އިންދާ ހައްދާ ބެލެހެއްޓުން 20. މިސްކިތު ވަޅުގައި 2 ދާނި އަބަދުވެސް ބޭނުންކުރެވޭގޮތަށް ބޭއްވުން 23. މިސްކިތުން ހަލާކުވެގެންނެގޭތަކެތި އޮފީހަށް ގެނެސް ޙަވާލުކުރުން 24. މިސްކިތުގައި ހަލާކުވާތަކެތީގެ ތެރެއިން ރަގަރު ކުރެވެން ހުންނަ އެއްޗެހި ރަގަޅުކުރުމާއެކު ދަބަރުޖަހާފައިވާނަމަ ދަބަރުކަހާ ސާފުކޮއް ދަވާދުލުން ވާރޭހުއްޓަލުމުން ދޮރުފަތްތައް ހުޅުވުން 26. މީގެ އިތުރުން މިސްކިތުގައި ކުރަންހުންނަ ކަންކަން އަމިއްލަޔަށް ފެނިގެން ކުރުމާއެކު އޮފީހުން އަންގާކަމެއްކުރުން. 27. މިސްކިތު ގޯތިތެރެއަށް ކަށިވެލިލާފައިވާނަމަ ކުނިކަހާނީ އިލޮށިފަތީން |
މަޤާމުގެ ޝަރުތުތައް: |
1 ލިޔަން ކިޔަންއެގުން. ނޯޓް: (ލިޔަންކިޔަން އެގޭކަމަށް ދެނެގަންނާނީ ދައްވެގެން ސްކޫލް ގުރޭޑް 5 ނިންމިކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓު ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓު ކޮޕީ (ނ) ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލެވޭނެ ކަންތައްތައް: |
1 ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު 2. ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިއު. 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2020 ޖެނުއަރީ 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާއަށް . އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލައް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު |
މި މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖެނުއަރީ 22 އިން 2020 ފެބުރުއަރީ 07 އާ ދެމެދު، އަނގޮޅިތީމު ކައުންސިލް އިދާރާގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅާނީ، މިއިދާރާގެ 6580071 ނަންބަރ ފޯނާއެވެ. |
17 ޖުމާދަލްއޫލާ 1441
12 ޖެނުއަރީ 2020