ދިވެހިރާއްޖެ
މި ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރިން ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)417-CA/417/2020/1 (05 ޑިސެމްބަރ 2019) އިޢުލާން އަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ މި ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާން އާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތަށް ބައްލަވައި 19 ޖެނުއަރީ 2020 ދުވަހުގެ 13:15 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6840015 ފޯނަށް ގުޅުއްވުންއެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ޕްރޮޕޯސަލް ހުށައެއްނޭޅޭނެއެވެ.