ދިވެހިރާއްޖެ
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ އިންޓާނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ކޯޕަރޭޝަންގެ ބޭނުމަށް އިންޓާނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި ކޯޕަރޭޝަން (9A، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ، 20095) އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުއްވުމާ ގުޅޭ:
ތަފްސީލް |
ތާރީޚް |
ގަޑި |
ޕްރޮޕޯސަލް ހުށަހެޅުން |
19 ޖެނުއަރީ 2020 |
13:00 |
- ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯސަލްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ޕްރޮޕޯސަލް ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ޕްރޮޕޯސަލް ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (9A، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ) ގައެވެ.
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްތަކުގައި 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 9884778 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
12 ޖެނުއަރީ 2020