ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2020/3
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 20 ޖަނަވަރީ 2020 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެންޓިވައިރަސް ލައިސަންސް ގަތުމަށް ބޭނުންވެއްޖެ

މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2019/94 (24 ޑިސެމްބަރ 2019) އިޢުލާނާއި ގުޅިގެން ތިން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ އެ އިޢުލާން ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ޢަދަދު

އައިޓަމް

175

އެންޓިވައިރަސް ލައިސަންސް  (ލައިސަންސް ރިނިއު)

 

މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މި އޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://bit.ly/2VJkOgR

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00  ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

12 ޖަނަވަރީ 2020