ނޫސްބަޔާން
ނަންބަރު: (PR)203-ECA/1/2020/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 12 ޖަނަވަރީ 2020 00:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓުގެ އެކްސްޕޭންޝަން މަޝްރޫއުގެ މަސައްކަތް އީ.އައި.އޭ ޤަވާއިދާއި ޚިލާފަށް ކުރިއަށްގެންގޮސްފައިވާތީ ކޮށްފައިވާ ޖޫރިމާނާއާއި ގުޅޭ

ސަން ސިޔާމް ރިސޯޓްސް ގެ ފަރާތުން ހިންގާ އޮޅުވެލި ބީޗް އެންޑްް ސްޕާ ރިޒޯޓުގެ އެކްސްޕޭންޝަން މަސައްކަތްކުރުމަށް ފާސްކޮށްފައިވާ އީ.އައި.އޭ ރިޕޯޓާއި ހިލާފަށް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެޕްރޫވްކުރައްވާފައިވާ ކޮންސެޕްޓާއި ހިލާފަށް ބައެއް މަސައްކަތްތައް ކޮށްފައިވާތީ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު:2011/R-9) ގެ 16 ވަނަ މާއްދާގެ ޖަދުވަލު 2 އަދި ޖަދުވަލު 6 ގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012  (ގަވާއިދު ނަންބަރު:  (2012/R-27 ގެ 20 ވަނަ މާއްދާގެ (ހ) 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 313,250  (ތިން ލައްކަ ތޭރަ ހާސް ދުއިސައްތަ ފަންސާސް) ދިވެހިރުފިޔާއިން އޮޅުވެލި ބީޗް  އެންޑް ސްޕާ ރިޒޯޓް ވަނީ 07 ޖެނުއަރީ 2020 ގައި ޖޫރިމަނާކުރެވިފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އެންގިފައެވެ.

............................................

13 ޖުމާދުލްޢޫލާ 1441

08 ޖެނުއަރީ 2020

08 ޖަނަވަރީ 2020