ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355/355/2020/2
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 22:50
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅަނގު ތުނޑިއާ ގުޅޭ
މިކައުންސިލްގެ ހުއްދަ ނުހޯދައި، މިރަށު ހުޅަނގު ތުނޑި އަމިއްލައަށް ތަރއްގީކުރުމުގެ މަސައްކަތް އެކިފަރާތްތަކުން ކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން މިކައުންސިލްގެ ހުއްދަނުހޯދައި އަމިއްލަޔަށް ތަރައްގީކުރުމުގެގޮތުން ތުޑީގައި އެއްޗެހި ބެހެއްޓުމާއި ހަރުކުރުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިޢްލާން ކުރަމެވެ. އަދި ހުޅަނގު ތުނޑި ޕިކްނިކް އޭރިއާއެއްގެ ގޮތުގައި ވަނީ ރަޖިސްޓްރީކުރެވިފައެވެ. އަދި ޕިކްނިކް އޭރިއާއެއްގެ ގޮތުގައި އެސަރަހައްދު ތަރައްގީކުރުމުގެ ޕްލޭނެއް މިކައުންސިލުން އެކުލަވާލަމުން ދާވާހަކަ އާންމުމައުލޫމާތައްޓަކައި ދެންނެވީމެވެ.
09 ޖަނަވަރީ 2020