މުބާރާތް
ނަންބަރު: (IUL)S2-HRH-ARH/1/2020/1
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 19 ޖަނަވަރީ 2020 12:00
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

ތަޢާރަފު:

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެންތަނެއްގައި  ޓާޝާރީ ހޮސްޕިޓަލްފެންވަރުގައި ތަރައްޤީ ކުރެވިގެންދާ ފުރަތަމަ ހޮސްޕިޓަލެވެ. ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު އާބާދީއަކަށް މިހޮސްޕިޓަލުން ހިދުމަތްލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި ހޮސްޕިޓަލުގެ އަމާޒަކީ ދިވެހިރާއްޖެއަކީ ޞިއްޙީގޮތުން ދުޅަހެޔޮއާބާދީއެއް އޮތް ޤައުމަކަށް ހެދުމަށް، ހަމަހަމަ ކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު ފަސޭހައިން ރައްޔިތުންނަށް ވާސިލްވެވޭ ފުރިހަމަ ޞިއްޙީ ޚިދުމަތެއް އެންމެންގެ ބައިވެރިވުމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުމެވެ.  މި ހޮސްޕިޓަލްގެ ތަސައްވުރަކީ "ފުރިހަމަ ޞިއްޙަތަކަށް މުޅި ޤައުމު އެކުގައި" އެވެ.     

 

ލޯގޯގެ މަޤްސަދު:

އޭ.އީ.އެޗް އަކީ ޓާޝަރީ ހޮސްޕިޓަލަކަށްވެފައި، މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއަކަށް ހިދުމަތް ފޯރުކޮއްދެވޭ ހޮސްޕިޓަލަށްވުމާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިތަނުން ހަރަކާތްތެރިވާނެއެވެ. އެހެންކަމުން، މި ހޮސްޕިޓަލަކީ ރައްޔިތުންނާއި ރައްޓެހި، މީހުންނަށް ދަނެފަރިތަ ތަނަކަށް ވާންޖެހެއެވެ. މިތަނުން އާއްމުންނަށް ހިންގާ ހުރިހާ ޕްރޮގްރާމްތަކެއްގައި އަދި މިތަނުގެ ހުރިހާ ލިޔެކިޔުންތަކެއްގައި އޭ.އީ.އެޗްގެ ލޯގޯ ، މި ހޮސްޕިޓަލްގެ މޫނުމަތީގެ ގޮތުގައި ފެންނަ އެއްޗެއް ކަމުގައި ވުމަކީ މިހޮސްޕިޓަލް 'ބްރޭންޑް ރެކޮގްނިޝަން' އިތުރު ވާނެ ކަމެކެވެ.

 

ބައިވެރިވުމުގެ ފުރުޞަތު:

-          އޭ.އީ.އެޗް ގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު އާންމު ހުރިހާ ފަރާތްތަކަށްވަނީ ހުޅުވާލެވިފައެވެ.

-          ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތުގެ މިންގަނޑުތަކާއި އެއްގޮތަށް ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ލޯގޯ ހުށައަޅާއިރު ބަލަންޖެހޭ ކަންތައްތައް:

-          މި މުބާރާތަށް ހުށަހަޅާ ލޯގޯއަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމުގައި ނުވުން.

-          އޭ.އީ.އެޗް އިން ފޯރުކޮއްދޭ ޙިދުމަތްރަމްޒުކޮށްދޭ ލޯގޯއެއް ކަމުގައިވުން.

-          މި މުބާރާތަށް ހުށަހަޅާ ލޯގޯއަކީ އުފެއްދުންތެރި، އަމިއްލަވަންތަ ލޯގޯއެއް ކަމުގައިވުން.

-          ލޯގޯގެ ޑިޒައިންއަކީ މި ހޮސްޕިޓަލުގެ ބިޒްނަސް ކާޑު، ލެޓަރ ހެޑް، ބެނަރ، ޔުނިފޯރމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށްވުން.

-          އެހެން ލޯގޯއެއް އަސްލަކަށް  ބަލައިގެން ފަރުމާކުރާނަމަ އެލޯގޯގެ ކޮޕީ އާއި ތަފްސީލު ހުށަހެޅުން.

-          ލޯގޯ ޑިޒައިން ކުރުމުގައި ހަނދުފަޅި އަދި ކްރޮސް ބޭނުން ނުކުރުން.

-          އައްޑޫވަންތަކަން  ރަމްޒުކޮށްދިނުން

ލޯގޯ ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:

-          ލޯގޯގެ ޕީއެންޖީ، ޕީ.އެސް.ޑީ އަދި ޖޭޕެގް ފައިލް ހުށަހަޅަންވާނެއެވެ.

-          ލޯގޯގެ ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލްއެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ ޕީ.ޑީ.އެފް (PDF) ފައިލު ފޯމެޓް (10MB)އަށް ވުރެ ކުޑަވާން ޖެހޭނެއެވެ.

-          ލޯގޯގެ ހައި-ރިސޮލިއުޝަން ވެކްޓަރ ފައިލެއް(އެޑޯބު އިލަސްޓްރޭޓަރ،އީ.ޕީ.އެސް ފޯމެޓް) ހުށަހަޅަންވާނެއެވެ.

-          ލޯގޯ ފަރުމާކުރެވިފައިވާންވާނީ ވެބް ވާޝަން، ޕްރިންޓް ކޮލިޓީ ވާޝަން އަދި ސްކޭލަބަލް ވެކްޓަރ ގްރެފިކްސް (އެސް.ވީ.ޖީ) ފޯމެޓަށެވެ.

އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން:

-          ލޯގޯގެ ރިޒޮލިއުޝަންގެ މިންގަނޑަކީ 300 dpi  ނުވަތަ އެއަށްވުރެ މައްޗެވެ. ލޯގޯގެ ހައި ރިޒޮލިއުޝަން ހާޑްކޮޕީ ޕްރިންޓް ފައިލްއެއް ހުށަހަޅަންވާނެއެވެ.

-          ލޯގޯ ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ ފޮންޓް އަދި ސައިޒުގެ ތަފްޞީލު ހިމަނާފައިހުންނަންވާނެއެވެ.

-          ކަސްޓަމް ޕޮންޓެއް ލޯގޯގެ ޑިޒައިންގައި ބޭނުންކޮށްފައިވާނަމަ، އެ ފޮންޓެއް ލޯގޯގެ ސޮފްޓްކޮފީތަކާއެކު ހުށަހަޅަންވާނެއެވެ.

-          ލޯގޯގައި" އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް" ނުވަތަ "އޭ.އީ.އެޗް" (“Addu Equatorial Hospital/ AEH”)ގެ  ނަން ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެވިފައި އޮންނަންވާނެއެވެ.

-          ލޯގޯ ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ ކޯޑު އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.

-          ލޯގޯގައި ބޭނުންކުރަންވާނީ މައިގަނޑުގޮތެއްގައި ފެހި ކުލަ (ރޭންޖް ޕެންޓޯން 373-377 އަދި ޕެންޓޯން 390-388 އާ ދެމެދު) އެވެ.

-          ފަރުމާ ކުރެވިފައިވާ ލޯގޯ، އޭ.އީ.އެޗް ޚިދުމަތްތަކާ ގުޅުންހުރި ގޮތް ، ކުރު އިބާރާތްކޮޅަކުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

-          މި މުބާރާތުގައި ބައިވެރިވާ ފަރާތަކައް ލޯގޯގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެއެވެ.

ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

-         ލޯގޯ ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، މިކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.

-         ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިހޮސްޕިޓަލުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.

އެއްވަނައަށް ހޮވޭ ލޯގޯ:

-          އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.

-          އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ10,000/-  ދިހަ ހާސް ރުފިޔާއެވެ.

-          އެއްވަނައަށް ހޮވޭ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް، އޭ.އީ.އެޗް އާ ހަވާލުކުރަންވާނެއެވެ.

 

 

ލޯގޯ ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް :

-          މަތީގައި ބަޔާން ކުރެވިފައިވާ ފޯރމެޓްތަކަށް ލޯގޯގެ ސޮފްޓް ކޮޕީތައް ހިމެނޭ ސީ.ޑީ އާއި ބަޔާންކުރެވިފައިވާ ފޯރމެޓްގެ ހާރޑްކޮޕީ   19 ޖެނުއަރީ 2020 ގެ 12:00 ގެ ކުރިން މި ހޮސްޕިޓަލަށް ހުށައަޅުއްވަންވާނެއެވެ.

-          މިމުބާރާތަށް ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާ އެކު މިހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

09 ޖަނަވަރީ 2020