ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2020/02
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 29 ޖަނަވަރީ 2020 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ދޫކުރުން

ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ދޫކުރުން.

 

ނިލަންދޫ ރައްޔިތުންގެ މާލިއްޔަތުގެ ރުއްގަހުގެ ނަމުގައި ކުރިން ބަލަމުންއައި ރުއްތަކުގެތެރެއިން  2019 ވަނަ އަހަރުގެ ނިޔަލަށް ހުރި ފޯދުނު 314 (ތިންސަތޭކަ ސާދަ) ރުކާއި ފޯދުނު 3 (ތިނެއް) ބަނބުކެޔޮގަސް، 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ. 

 

ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 4,850/- (ހަތަރުހާސް އަށްސަތޭކަ ފަންސާސް) ރުފިޔާ އެވެ. އަދި މި ރުއްގަސް ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

 

މާލިއްޔަތުގެ ރުއްގަސް ހުރި ތަންތަން ބައްލަވަން ބޭނުންފުޅުވާ ބޭފުޅުން 2020 ޖަނަވަރީ 14 ވަނަ ދުވަހުންފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 12:00 އާދެމެދު، ރުއްގަސް ހުރި ތަންތަން ދެއްކުމާއި މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނެއެވެ.

 

ވީމާ، ނިލަންދޫ މާލިއްޔަތު ރުއްގަސް ކުއްޔަށް ހިފަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ޖަނަވަރީ 29 ވާ ބުދަ  ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

 

ރުއްގަސް ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

13 ޖުމާދަލްއޫލާ 1441

08 ޖަނަވަރީ  2020

09 ޖަނަވަރީ 2020