ކުއްޔަށް ދިނުން
ނަންބަރު: (IUL)307/INDIV/2020/4
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 19 ޖަނަވަރީ 2020 11:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހަދާފައިވާ މަގުތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                                                                                                     

                                                         ނަންބަރު: IUL)307/INDIV/2020/4)

އިޢުލާން

އަލަށް ހަދާފައިވާ މަގުތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                  މިރަށުގައި އަލަށް ހަދާފައިވާ މަގުތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 19 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ 2019 ޖަނަވަރީ 29 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައެވެ. އަންދާސީ ހިސާބުތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި އަންދާސީ ހިސާބުތައް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީ ހިސާބުތައް ކެނޑުން ބޭއްވޭނެއެވެ. އަންދާސީ ހިސާބުތައް ބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ އަންދާސީ ހިސާބުތައް ނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

              މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        13 ޖުމާދުލްއޫލާ 1441

     08 ޖަނަވަރީ 2020

08 ޖަނަވަރީ 2020