ދިވެހިރާއްޖެ
ނަންބަރު:(IUL)307/INDIV/2020/1
އިޢުލާން
ބަނދަރު ރުއްތަށް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:
މިރަށު ބަނދަރު ބުރުގައި ހުރި 12 ރުކާއި، ބަނދަރު އިރުމަތީ ކޮޅު ހިއްކާފައިވާ ސަރަހައްދުގައި ހުރި 05 ރުއް، 2020 ޑިސެމްބަރ މަހުގެ ނިޔަލަށް ނީލަން އުސޫލުން ދޫކޮށްލުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިރުއްތައް ނީލަން އުސޫލުން ނެންގެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށްޓަކައި 19 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00ށް ބަނދަރު ސަރަހައްދަށް (ކައުންސިލް އިދާރާ ކުރިމަތި) ވަޑައިގެން ދެއްވުންއެދެމެވެ. ރުއްތަކުގެ ނީލަން ފެއްޓޭ އަގަކީ 2000 ރުފިޔާއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޖުމާދުލްއޫލާ 1441
08 ޖަނަވަރީ 2020