މަސައްކަތް
ނަންބަރު: (IUL)409/409/2020/2
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 16 ޖަނަވަރީ 2020 13:30
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން މަސައްކަތްކުރަމުންދަނިކޮށް ހަލާކުވެފައިވާ ލިލީގޭ ފާރުރާނައިދޭނެ ފަރާތެއްހޯދުން

މިކައުންސިލުން މަގުހެދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ރުކެއްވެއްޓި ހަލާކުވެފައިވާ މިރަށު ލިލީގޭ ހުޅަނގުފަރާތު އިންފާރު މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރާނައިދޭނެ ފަރާތެއްހޯދަންބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަތަކެތީގައި މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މިކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މިކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މަތީގައި ދެންނެވިފައިވާ ވަގުތު ތަކުގައެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކާއި، ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބާޠިލްވާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

09 ޖަނަވަރީ 2020