މަސައްކަތް
ނަންބަރު: AS-B/IU/2020/01
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 16 ޖަނަވަރީ 2020 11:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މި ސްކޫލްގެ ހެދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރ AS-B/IU/2019/102 (22 ޑިސެމްބަރ 2019) އިއުލާނަށް ހުށައެޅި ބީލަން ތަކުގެ ތެރޭގައި ސައްޙަ ތިން ބީލަން ނެތުމުގެ ސަބަބުން އެ އިއުލާނު ބާތިލުކޮށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖެނުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

3. ބީލަން ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 20 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

4. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5000.00 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް، ނާސްތާ ފޯރުކޮށްދިނުމުގެ އުސޫލު، މެނޫ އަދި ފޯމު ސެޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 

6. މައުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ ބީލަން ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެ އެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

ކޮޕީ އީ-މެއިލް: [email protected]

09 ޖަނަވަރީ 2020