ޢާންމު މަޢުލޫމާތު
ނަންބަރު: (O)/322/ESMS/2020/10
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 15 ޖަނަވަރީ 2020 00:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

މިރަށުން ޝުޢައިބް ޔޫސުފަށް ދޫކޮށްފައިވާ (ދޯދި) ގޯތީގެ އިރުމަތީފަރާތުގައި (އަތިރިމަތިފަރާތުގައި) ހުރި (ނަންބަރު ސާފްނޫން) މޮޅުރުކަކާއި މިރަށު ޢަބްދުލް ބަދީޢުއަށް ދޫކޮށްފައިވާ (އެވަރގްރީން) ގޯތީގެ އުތުރުފަރާތު މަގުމަތީގައި ހުރި ނަމެއް ނަންބަރެއް ފެންނަންނެތް މޮޅުރުކަކާއި މެދުރުކެއް އަދި ފުނަގަހެއްގެ ވެރިޔަކު ހޯދަން ބޭނުންވެއްޖެއެވެ. މިހާރު މިތަކެތީގައިވާނީ ރަތްދަވާދުން ރަސްގެ ޖަހާފައެވެ.      

ވީމާ މިރުއްގަހުގެ ވެރިޔަކުވާނަމަ 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ރުއްގަހުގައި ނަންބަރު ޖައްސަވައި މިއިދާރާއަށް އެންގެވުމަށް އެންގީމެވެ. އަދި މިމުއްދަތުގައި ވަކިއެއްޗެއް ނާންގައިފިނަމަ އެއީ ބަންޑާރަ ތަކެތިކަމުގައި ބަލައި މިއިދާރާއަށް ފެންނަގޮތަކަށް ޢަމަލުކުރެވޭނެއެވެ.

07 ޖަނަވަރީ 2020