ދިވެހިރާއްޖެ
ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު
ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ޙާޟިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ގޮތުން އެކުލަވާލާފައިވާ ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީ އެކުލަވާލުމަށްޓަކައި، ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަޠު ހުޅުވާލަމެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
މަޤާމް: |
ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރު
|
ބޭނުންވާ ޢަދަދު: |
3 (ތިނެއް)
|
އަސާސީ ޝަރުތުތައް: |
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއް ކަމުގައިވުން
|
ކޮމިޓީގެ މަސްއޫލިއްޔަތުތައް: |
ދިވެހިރާއްޖޭގެ ތަފާތު މަރުޙަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ޤާނޫނީ ވަކީލުން ދަރަޖަ ކުރުން.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: |
16 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. |