ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2020/10
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 19 ޖަނަވަރީ 2020 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ 03 ސާފޭސް ޕްރޯ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއަށް ބޭނުންވާ 02 ސާފޭސް ޕްރޯ އަދި 01 ސާރފޭސް ބުކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/124 (17 ޑިސެންބަރު 2019) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި އަގު ހުށަހަޅުއްވާއިރު ކޮންމެހެން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅުއްވާފައިނުވާތީއާއި، މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައުމާއި ގުޅިގެން، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އަމީނީމަގު)  ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރެއްވުމަށް އެދެމެވެ. އަދި ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

09 ޖަނަވަރީ 2020ގެ 08:30 އިން 12 ޖަނަވަރީ 2020 ގެ 13:30 އަށް

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގރޫމް 4

19 ޖަނަވަރީ 2020 ގެ 13:00 އަށް

  1. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ކަރުދާސް ލިބިގަތުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2020 ޖަނަވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 09:00 އިން ފެށިގެން 2020 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  3. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2020 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.   
08 ޖަނަވަރީ 2020