ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2020/4
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 19 ޖަނަވަރީ 2020 13:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-319994

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން ޑިވިޜަން  

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/700 ރުފިޔާ (ކޯ އެލަވެންސް)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މިނިސްޓަރ އަދި ސީޔާސީ ބޭފުޅުން އަރިހަށް ގެންދަންޖެހޭ އެންމެހާ ލިޔެކިޔުންތައް އެންޓަރ ކުރުމާއި، މިނިސްޓަރު ގެ ލަފާފުޅާއެކު ޖަވާބުދާރީ ވާންޖެހޭ ލިޔުންތަކަށް ޖަވާބު ދާރީ ވުމާއި އަދި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދު ކުރުމާއި ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
  • މިނިސްޓަރ އަދި ސީޔާސީ ބޭފުޅުންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން.
  • މިނިސްޓަރ އަދި ސީޔާސީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުންތަކަށް ވަޑައިގަންނަވަންޖެހޭ ބޭފުޅުންނަށް ދަންނަވާ، ބައްދަލުވުންތަކާއި ނިއުސް ކޮންފަރެސްތައް އިންތިޒާމުކުރުމަށް ކުރަންޖެހޭ އެންމަހައި ކަންތައްތައް ހަމަޖެއްސުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  • މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓް ހިމެނޭ އެގްޒެކެޓިވް އެންޑް އެޗްއޯޑީ ބައްދަލުވުން ގަވާއިދުން ބޭއްވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ނިންމުންތައް ޑިޕާޓްމަންޓްތަކާ ހިއްސާކުރުމާއި، ނިންމުންތަކަށް ޢަމަލުކުރެވޭ މިންވަރު ބަލައި މިނިސްޓަރއަށް ރިޕޯޓްކުރުން
  • މިނިސްޓަރގެ ކޮޓަރިކޮޅާއި ކާރުކޮޅުގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުން.
  • ސިޔާސީ ބޭފުޅުންގެ ކޮޓަރިތައް ބެލެހެްޓުމާއި، އެތަންތަނަސް ބޭނުންވާ ތަކެތި ހަމަކޮށް  ބެލެހެއްޓުން.
  • މިނިސްޓަރ އަދި ސީޔާސީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަންޖެހޭ ޓީވީ/ރޭޑިއޯގެ ޕްރޮގްރާމް ތަކާއި ފޯރަމްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން އިންތިޒާމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 
  • މިނިސްޓަރ އަދި ސީޔާސީ ބޭފުޅުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅިގެން (ރާއްޖޭގެ އެކިކަންކޮޅުތަކަށާއި ރާއްޖެއިން ބޭރަށް) ކުރަންޖެހޭ އެންމެހާ ކަންތައްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ރާވާ އިންތިޒާމުކޮށް ބެލެހެއްޓުން.
  • މިނިސްޓަރގެ މަސައްކަތްޕުޅުތައް ބެލެހެއްޓުމުގައި، ޒިންމާ ދާރުވުމާއި، ސިއްރު ހިފެހެއްޓުމާއި އެކު މަސައްކަތްތައް ބެލެހެއްޓުން.
  • ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ޙާޟިރީ ކަންތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު،އޭގެ އިތުރުން "ސެކެންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ" ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު،އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން

ނުވަތަ،

މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު،އޭގެ އިތުރުން "ސެކެންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ" ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

އެޑްމިނިސްޓްރޭޝަން،މެނޭޖްމަންޓް،މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި،  ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމު.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 19 އާއި 2020 ފެބުރުވަރީ 6 އާ ދެމެދު،  މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

އިންޓަރވިއު ބާއްވާތާ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027526 ނަންބަރު ފޯނަށެވެ.އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

 

                     08  ޖަނަވަރީ    2020މ

                     13 ޖުމާދަލްޢޫލާ  1441ހ

 

 

     

 

08 ޖަނަވަރީ 2020