ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/133/2020/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 31 ޖަނަވަރީ 2019 00:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 16 ޖެނުއަރީ 2020 ވަނަ ދުވަހުންފެށިގެން މަޢުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން މެދުކަޑާލުން

              އިލެކްޝަންސް ކޮމިޝަނުގެ CB-2020/01(A)  06 ޖަނަވަރީ 2020 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

              ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށްޓަކައި 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެއްޖެނަމަ  15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހެޅުއްވުން އެދެމެވެ. އަދި 16 ޖެނުއަރީ 2020 ވަނަ ދުވަހުންފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މަޢުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން މެދުކަޑާލިވާހަކަ ދަންނަމެވެ. މިގޮތަށް ނިންމަންޖެހުނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައެވެ.

             އަދި ދަންނަވަމެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްފަދައިން 18 އަހަރުން މަތީ ފަރާތްތަކުގެވެސް މަޢުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެވާހަކަވެސް ދެންނެވީމެވެ.

08 ޖަނަވަރީ 2020