ދިވެހިރާއްޖެ
މަޤާމް: ޕަބްލިކް ހެލްތް އޮފިސަރ
ޑިޕާޓްމަންޓް: ޕަބްލި ހެލްތް ޔުނިޓް
ތަޢުލީމާ ތަޖުރިބާ:
1- ޕްރައިމަރީ ހެލްތް ކެއަރ އިން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ލިބިފައިވުން. އަދި ނެޝަނަލް ހެލްތް ސައިންސެސް ބޯޑުގައި ރެޖިސްޓްރީވެ، ޕްރައިމަރީ ހެލްތް ކެއަރ ޕްރެކްޓިސް ކުރުމަށް ހުއްދަ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ޕަބްލިކް ހެލްތް ޔުނިޓްގެ ފަރާތުން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން
2- ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާނެ މެޓީރިއަލްސް، ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރުކުރުން
3- ޢާއްމުންނަށާއި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރުން
4- ކޮމިއުނިކެބްލް އަދި ނޮން ކޮމިއުނިކެބްލް ޑިޒީޒް ކޮންޓްރޯލް ޕްރޮގްރާމްތައް ހޮސްޕިޓަލްގައި ހިންގުމާއި ޤަވާޢިދުން ރިޕޯޓް ފޮނުވުން.
5- ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް ހިންގޭ "ޓުބެކޯ ސިޒޭޝަން" ކްލިނިކް ހިންގުމާއި ޢާއްމު ޞިއްޙަތާއި ގުޅުންހުރި ރަނގަޅު އާދަތަކަށް ޢާއްމުން ހޭލުންތެރިކުރުމަށް ކައުންސެލިންގ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން
6- އެނދުމަތި ކުރެވިފައި ގޭގައި ތިބޭ ބަލި މީހުންނަށް ގޭގެއަށް ގޮސްގެން ފަރުވާ ދިނުން
7- ޓީބީ ބަލި މީހުންނަށް ދެވޭ "ޑޮޓްސް" ފަރުވާ ދިނުން
މުސާރައާއި އިނާޔަތް :
މުސާރަ: 5610.00 ރުފިޔާ
ސަރވިސް އެލަވަންސް: 2500.00 ރުފިޔާ
ރިސްކް އެލަވަންސް: 100.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
އެޓެންޑެންސް އެލަވަންސް: 84.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)
ކުރިމަތިލުމުގެ ސުންގަޑި: 15 ޖަނަވަރީ 2020 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ، 3350118 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.