ދިވެހިރާއްޖެ
މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭޓާމިނަލްގައި ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުން
މާލޭ ކޮމާޝަލް ހާބަރާއި، ހުޅުމާލޭ ޓާމިނަލްގެ ސަލާމާތާއި ރައްކާތެރިކަން ހަރުދަނާކޮށް، ބަނދަރުގައި މަސައްކަތްކުރާ އެންމެހާފަރާތްތަކާއި ބަނދަރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށް ތަންފީޒު ކުރުމަށްޓަކައި މި ކުންފުނިން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ބަދަރުސަރަހައްދަށް ވަންނަ ހުރިހާފަރާތްތަކަށް 15 ޖެނުއަރީ 2020 އިން ފެށިގެން ތިރީގައިވާ ބަޔާންކޮށްފައިވާ ފަދައިން ސޭފްޓީ އާލާތްތައް ބޭނުންކޮށްގެންނޫނީ ނުވަދެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ހާޑްހެޓް އަދި ރެސްޓްރިކްޓެޑް ޒޯން:
* ހާޑްހެޓް ، ސޭފްޓީ ބޫޓް، ހައިވިޒިބިލިޓީ ވެސްޓް
ވޯކްވޭ ޒޯން:
* އޮފިޝަލް ނުވަތަ ކެޝުއަލް ޝޫޒް
ވީމާ، މާލޭ ކޮމާޝަލް ހާބަރާއި، ހުޅުމާލޭ ޓާމިނަލްއައިން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.