މަސައްކަތް
ނަންބަރު: GS191/IUL /2020/01
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 14 ޖަނަވަރީ 2020 10:00
މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ކުރަން ބޭނުންވާ މަރާމާތާއި ގުޅޭ

2020 ވަނަ އަހަރަށް ކުރަން ބޭނުންވާ މަރާމާތާއި ގުޅޭ

މިސްކޫލްގެ 2020 ވަނަ އަހަރަށް ކުރަން ބޭނުންވާ މަރާމާތާއި ގުޅިގެން މިސްކޫލްގެ ނަމްބަރ GS191/IUL/2019/14 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިއުލާން ބާތިލްކޮށް މަރާމާތު ކުރަންޖެހޭ މަސައްކަތްތަކަށް ބަދަލުގެނައުމަށްފަހު އަލުން އިއުލާން ކުރަމެވެ.

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ.

1  ހޯލް އިމާރާތް ( ޕާޓްޝަން ޖަހާފައިވާ 3 ކުލާސް ރޫމް ) ތަޅުން ރަގަޅުކޮށް މުށިޖެހުން

2  އިމާރާތުގެ ދެ ފަރާތުގެ ބޭރު އަސްކަނި ތަޅުން ރަގަޅުކުރުން

3  އިމާރާތުގެ ފާރުން ވެލިފައިބާފައިވާ ބައި ސިމެންތި ކޮށާ ސިމެންތި ޖެހުން

 

ވީމާ، މިމަސައްކަތްތައް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުން

14 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހު 10:00 ( މުކުރިމަގު ސްކޫލްގައި)

އެސްޓިމޭޓް ބަލައިގަތުން

16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހު 10:00 ( މުކުރިމަގު ސްކޫލްގައި)

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތުސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ.

މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަމައުލޫމާތަށްޓަކައި ދެންނެވީމެވެ.

މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)

ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖަނަވަރީ 2020