ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)367/367/2020/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 15 ޖަނަވަރީ 2020 13:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ތާރީޚް:

08 ޖަނަވަރީ 2020

ނަންބަރު:

(IUL)367/367/2020/1

ކަރަންޓު ސަޕުލައި ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް

 

މ.ކޮޅުފުށީ މަގުބައްތި ޕްރޮޖެކްޓަށް ބޭނުންވާ ކަރަންޓު ސަޕުލައި ވަޅުލުމަށް ވަޅުކޮނެދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކަށް މި އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކައުންސިލްގެ ޖަލްސާކުރާ މާލަމް

12 ޖަނަވަރީ 2020

އާދީއްތަ

13:00

ބިޑް ހުށަހެޅުން

ކައުންސިލްގެ ޖަލްސާކުރާ މާލަމް

15 ޖަނަވަރީ 2020

ބުދަ

13:00

 

      ކޮންމެ ފަރާތަކަށްވެސް މައުލޫމާތު ސާފުކޮށް އަދި ބިޑުހުށަހެޅޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ ކުންފުނި ތަމްޞީލް ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

      އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިއެއް ނުވެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

 

 

 

08 ޖަނަވަރީ 2020