ދިވެހިރާއްޖެ
ތާރީޚް: |
08 ޖަނަވަރީ 2020 |
ނަންބަރު: |
(IUL)367/367/2020/2 |
ހޮޅިދަނޑިތަކުގެ ބުޑުއަޅައިދޭނެ ފަރާތެއް ހޯދުމަށް |
މ.ކޮޅުފުށީ މަގުބައްތި ޕްރޮޖެކްޓަށް ބޭނުންވާ ހޮޅިދަނޑިތަކުގެ ބުޑުއަޅައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކަށް މި އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކައުންސިލްގެ ޖަލްސާކުރާ މާލަމް |
12 ޖަނަވަރީ 2020 |
އާދީއްތަ |
14:00 |
ބިޑް ހުށަހެޅުން |
ކައުންސިލްގެ ޖަލްސާކުރާ މާލަމް |
15 ޖަނަވަރީ 2020 |
ބުދަ |
14:00 |
ކޮންމެ ފަރާތަކަށްވެސް މައުލޫމާތު ސާފުކޮށް އަދި ބިޑުހުށަހެޅޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ ކުންފުނި ތަމްޞީލް ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިއެއް ނުވެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.