ޢާންމު މަޢުލޫމާތު
ނަންބަރު: L05C-B/2020/01
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:58
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ކާވެނިކޮށްދޭ ދުވަސްތައް ކަނޑައެޅުން

އިޢުލާން

މީލާދީ ސަނަތުން 2020 ވަނަ އަހަރު ފ.ޖުޑީޝަލް ދާއިރާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގައި ކާވެނިކޮށްދޭ ދުވަސްތަކާއި، ގަޑިތައް ތިރީގައި މިދަންނަވާ ގޮތުގެމަތިން ފ.ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ އަޣުލަބިއްޔަތުން ކަނޑައަޅާފައިވާތީ ދަންނަވަމެވެ.

1.      ކާވެނިކޮށްދޭ ދުވަސްތައް: ހަފުތާގެ ހޮނިހިރު ދުވަސްތަކާއި، ދެޢީދު ދެދުވަހާއި، ޢީދުގެ މުނާސަބަތާ ގުޅިގެން އަންނަ ބަންދު ދުވަސްތަކާއި، ޙައްޖު ދުވަހާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ފިޔަވައި އަހަރުގެ ހުރިހާ ދުވަސްތަކެއް.

2.      ކާވެނިކޮށްދޭ ގަޑިތައް:

ރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެނިތައް:13:00        އިން 14:00 އަށް

ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެނިތައް:20:30     އިން 21:30 އަށް )ހަމައެކަނި ރަސްމީ ދުވަސްތަކުގައި(

ކޯޓުން ބޭރުގައި ކުރާ ކާވެނިތައް:        16:00 އިން 22:30 އަށް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 ޖުމާދަލްއޫލާ 1441

07  ޖަނަވަރީ  2020

07 ޖަނަވަރީ 2020