ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2020/18
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި:
14 ޖަނަވަރީ 2020 13:45
ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިޢުލާން
- މަޤާމް: ލީގަލް އޮފިސަރ (ވަގުތީ)
- ރޭންކް: JS12-2
- ބޭނުންވާ އަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު/މާލެ
- މުސާރަ: 9,412.00 (ނުވަހާސް ހަތަރުސަތޭކަ ބާރަ) ރުފިޔާ
- ސަރވިސް އެލަވަންސް: 3,000.00 (ތިންހާސް) ރުފިޔާ
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- އަސާސީ ޝަރުތު:
1. ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާ ގުޅުންހުރި މަސައްކަތްތައް
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2020 ޖަނަވަރީ 14 ވާ އަންގާރަ ދުވަހުގެ 13:45ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
- މިއިޢުލާނާއި ގުޅޭ ފޯމުތައް ބަލައިގަންނާނީ ސިވިލް ކޯޓުގެ ކައުންޓަރުންނެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
13 ޖުމާދަލްއޫލާ 1441
08 ޖަނަވަރީ 2020
08 ޖަނަވަރީ 2020