ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-GS3/138/2020/2
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 16 ޖަނަވަރީ 2020 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހުޅުމާލޭގައި އިމާރާތްކުރެވިފައިވާ 704 ހައުސިންގ ޔުނިޓްތަކާގުޅޭ

ސަރުކާރުން ހިންގި ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 704 ފުލެޓްތަކުގައި ފެންލީކުވުންފަދަ މައްސަލަތަށް ދިމާވަމުންދާކަންވަނީ ފަހަގަކުރެވިފައެވެ. އަދި މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މިދެންނެވުނު ފުލެޓްތަކުގައި ހުރި ފެންލީކުވުމާއި އެފަދަ އެހެން މައްސަލަތަށް މިނިސްޓްރީއިން ދެނެގަންނަން ބޭނުންވެއެވެ.

ވީމާ، ފުލެޓްތަކަށް ދިމާވަމުންދާ މިފަދަ މައްސަލަތަށް މި މިނިސްޓްރީގެ ވެބްސައިޓް https://housing.gov.mv  އިން އަދި އަމީނީ މަގުގައި ހުންނަ މިނިސްޓްރީ އިމާރާތުގެ ތިރީގައި ހުރި ރިސެޕްޝަންއިން ލިބެންހުންނަ "704 ފުލެޓްތަކުގެ މަރާމާތު މައްސަލަ ހުށަހަޅާ ފޯމް " މެދުވެރިކޮށް 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

07 ޖަނަވަރީ 2020