ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347/347/2020/2
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 27 ޖަނަވަރީ 2020 00:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި މަސައްކަތް ކުރުމާއިގުޅޭ.

ރަށުގައި ހަދާފައިވާ މަގުތަކާއި ގޯޅިތަކަކީ، އެތަންތަނުގައި ހިންގާ މީހުންނަށާއި ދުއްވާ ތަކެތީގެ ރައްކާތެރިކަމާއި ފަސޭހައަށްޓަކައި ހަދާފައިވާ ތަންތަނެވެ. ނަމަވެސް މި ފަހަކަށްއައި މިރަށުގެ ބައެއް މަގުތަކާއި ގޯޅިތަކުގެ ބައެއް ސަރަޙައްދުތައްވަނީ، އެތަންތަނުގައި ތަފާތު މަސައްކަތްތައް ކުރަން ފެށުމުގެ ސަބަބުން ހިންގާމީހުންނަށާއި ދުއްވާތަކެއްޗަށް އެހާ ރައްކާތެރިނޫން ތަންނަށްވެފައެވެ.

ރަށުގެ ބައެއްމަގުތަކާއި ގޯޅިތަކުގެ ބައެއް ސަރަޙައްދުތަކުގައި ވަޑާންކުރުމުގެ މަސައްކަތާއި ވެލްޑިން ކުރުމުގެ މަސައްކަތް އަދި މިނޫންވެސް މަގުތަކުގެ ރައްކާތެރިކަމާއި މަގުމަތީގެ ހުރުމަތްކެޑޭ، އަދި މަގުތަކާއި ރަށްޓެހިނޫން ތަފާތު މަސައްކަތްތައް ބައެއްފަރާތްތަކުން ކުރަމުންދާކަމީ މި އިދާރާއިން ނުހަނުކަންބޮޑުވާކަމެކެވެ.  އަދި މި ފަދަ މަސައްކަތްތައް ކުރަމުން ގެންދަނީ މި އިދާރައިގެ އެއްވެސް ހުއްދައެއްނެތިކަންވެސް ހިތާމަޔާއެކު ފާހަގަ ކުރަމެވެ.

އެގިލައްވާނެ ފަދައިން މަގުތަކުގައި ތަފާތު މަސައްކަތްތައްކުރުމާއި، މި އިދާރައިގެ ހުއްދައެއް ލިބިގެން ނޫންގޮތަކަށް މަގުތަކުގައި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.

ވީމާ، ދަންނަވަމެވެ. މިހާރު މިރަށުގެ މަގުތަކުގައި އެކިއެކި ފަރާތްތަކުން އެކިއެކި މަސައްކަތްތައް ކުރުމަށް ބަހައްޓާފައިވާ ތައެއްޗާއި މި އިދާރައިގެ ހުއްދައެއްނެތި ޢިމާރާތްކުރުމުގެ މަސައްކަތަށް ބަހައްޓާފައިވާ އެންމެހާ ތަކެއްޗާއި މެޝިނަރީތައް، 2020 ޖެނުއަރީ 27 ވާ ހޯމަ ދުވަހުގެ ނިޔަލަށް ނަގާ، އެފަދަ ތަކެތި ބަހައްޓާފައިހުރިތަންތަން ސާފުކުރުމަށް އަންގަމެވެ. އަދި މަގުމަތީގައި މި އިދާރައިގެ ހުއްދައެއް ލިޔުމުން ލިބިގެންނޫންގޮތަކަށް އެއްވެސް މަސައްކަތެއް ނުކުރުމަށްވެސް އަންގަމެވެ.

މި މުއްދަތުގެ ތެރޭގައި މިދެންނެވިގޮތަށްހުރި ތަކެތި ނަގާފައިނުވާނަމަ، އެތަކެތި ނެގުމުގެ މަސައްކަތް، ގަވާއިދު ނަންބަރު: 2019/R-11 ގެ 9 ވަނަ މާއްދާގައި ވާގޮތުގެ މަތިން ނެގުމުގެ މަސައްކަތާއި، އެފަރާތްތަކާމެދު އެޅެންހުރި އެހެނިހެން ފިޔަޅުތައް އެޅުމުގެ މަސައްކަތް ކުރާނެވާހަކަ އެންމެހާ ފަރާތްކަށް އަންގާ ހަދާންކޮށްދެމެވެ.

07 ޖަނަވަރީ 2020