ދެންނެވުން
ނަންބަރު: (A)CB-2020/01
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 1701
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްވެހިކަން ބަދަލުކުރުމާއި ގުޅޭ

ނަންބަރު A)CB-2020/01)

އިޢުލާން

ރައްވެހިކަން ބަދަލުކުރުމާއި ގުޅޭ

 

2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް މި ކޮމިޝަނުން ކުރަމުންދާތީވެ، ރައްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، 2020 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ ކުރިން ރައްވެހިކަން ބަދަކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމަންވާނެއެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްއަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާޙްކުރުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

2020-01-06