ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2020 |001
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 15 ޖަނަވަރީ 2020 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މެނޭޖަރ - ކުއަލިޓީ ކޮންޓްރޯލް

މަޤާމް: މެނޭޖަރ

ޑިޕާޓްމަންޓް: ކުއަލިޓީ ކޮންޓްރޯލް

ތަޢުލީމާ ތަޖުރިބާ އަދި މުސާރައާއި ޢިނާޔަތްތައް

  1. މެޑިކަލް ނުވަތަ ނަރސިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  2. މިމަޤާމަށް އެދި ހުށަހަޅުއްވާ މެޑިކަލް ޑޮކްޓަރުންގެ ޝަރުޠާއި މުސާރަ އަދި އެލަވަންސް ހަމަޖެއްސުމުގައި ޢަމަލު ކުރާނި މިނިސްޓްރީ އޮފް ހެލްތުގެ މެޑިކަލް ޑޮކްޓަރުންގެ އޮނިގަނޑުގައި ހަމަޖެހިފައިވާ ގޮތުގެ މަތިންނެވެ.   
  3. މިމަޤާމަށް އެދި ހުށަހަޅުއްވާ ނަރުހުންގެ ޝަރުޠާއި މުސާރަ އަދި އެލަވަންސް ހަމަޖެއްސުމުގައި ޢަމަލު ކުރާނި މިނިސްޓްރީ އޮފް ހެލްތުގެ ނަރުހުންގެ  އޮނިގަނޑުގައި ހަމަޖެހިފައިވާ ގޮތުގެ މަތިންނެވެ.  

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހޮސްޕިޓަލުގެ އެކި އެކި ޑިޕާރޓްމެންޓް ތަކުގެ އިސްވެރިންނާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ މަސަތްކަތުގެ ކޮލިޓީ މޮނީޓަރ ކުރުމާއި ގެންނަންޖެހޭ އިސްލާޙް ތައް ގެނައުން. 
  2. ބަލިމީހުން އަދި މުވައްޒަފުންގެ ޝަކުވާތަކުގެ ރެކޯރޑް ބެލެހެއްޓުމާއި އެކު ހެދިފައިވާ ޕޮލިސީ ތަކާއި އެއްގޮތައް އިސްލާހީ ފިޔަވަޅު އެޅުން
  3. މަސަތްކަތުގެ ކޮލިޓީ ހިފެހެއްޓުމަށް ބޭނުންވާ ފަންނީ އަދި ތަޢްލީމީ ޕްރޮގްރާމުތައް ރޭވުމާއި ވިލަރެސްކުރުމާއި ހިންގުމުގައި  އިސްރޯލެއް އަދާކުރުން
  4. ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ހިންގޭ ހަރަކާތްތަކުގެ ރެކޯރޑް ބެލެހެއްޓުމާއެކު އިތުރު ކުރިއެރުން ގެނައުމަށް މުވަށްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުން
  5. އިމާރޖެންސީ ޕްލޭނިންގައި ބައިވެރިވުމާއެކު އެހީތެރިކަން ފޯރުކޮށްދިނުން
  6. ނާރސިންގ އިންޗާރޖާއި ގުޅިގެން ނާރސިން ޕްރޮސީޖަރ މެނުއަލް ތައްޔާރުކުރުމާއި ކޮޕީތައް ވޯރޑް ތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އެކު ގަވާއިދުގެ މަތީން ރިވިއުކުރުން
  7. ޓެކްނިކަލް ސްޓާފުންނަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، މިފަދަ ތަމްރީން ޕްރޮގްރާމް ތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރުން.
  8. ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކާއި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކުގެ ތެރެއިން ޕޭމަންޓް ކޯޑްނެތް ޚިދުމަތްތަކަށް ކޯޑު ހެދުމުގައި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތް ތައް ކުރުން.
  9. ރައްކާތެރި ނޫން ގޮތުގައި ކުރެވޭ ޕްރެކްޓިސް ތައް ބަލާ، އެކަންތައްތަކާއި ގުޅޭގޮތުން އެޅޭ އިސްލާހީ ފިޔަވަޅުތަކުގެ އައުޓްކަމް އިވެލުއޭޓް ކުރުން.
  10. އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލްއާ ގުޅުންހުރި ސްޓްރާޓެޖީސްތައް ނެޝަނލް ގައިޑްލައިންސް ތަކާއި އަދި ބެސްޓްޕްރެކްޓިސް އާއި އެއްގޮތަށް ހެދުމާއި ތަޢާރަފްކުރުމުގައި އިންފެކްޝަން ކޮންޓްރޯލް ކޮމިޓީއާއި ގުޅިގެން އިސްދައުރެއް އަދާކުރުން

 ކުރިމަތިލުމުގެ ސުންގަޑި: 15 ޖަނަވަރީ  ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހު މަސައްކަތު 1 ހަފްތާގެ ތެރޭގައެވެ. އެއްވެސް ސަބަބަކާ ހުރެ، އެމުއްދަތުގައި އިންޓަވިއު ނުބޭއްވޭނަމަ، ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134   ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

06 ޖަނަވަރީ 2020